ސައުދީގައި ކޯވިޑް-19 ޖެހުނު އެންމެ ކުޑަ ކުުއްޖާ ރަނގަޅުވެއްޖެ

ސައުދީ އަރަބިއްޔާގައި ކޯވިޑް-19 ޖެހުނު އެންމެ ހަކު ކުއްޖާ ބަލިން ރަނގަޅު ވެއްޖެ އެވެ. ހާލިދު ނަމަކަށް ކިޔާ އެ ކުއްޖާއަށް ކޯވިޑް-19 ޖެހުނީ ވިހޭތާ ހަތަރު ވަނައަށް ވީ ދުވަހު އެވެ. ރިޕޯޓުތައް ބުނާގޮތުގައި...

07 Apr 2020 | 11:32

ސައުދީ އަރަބިއްޔާގައި ކޯވިޑް-19 ޖެހުނު އެންމެ ހަކު ކުއްޖާ ބަލިން ރަނގަޅު ވެއްޖެ އެވެ.

ހާލިދު ނަމަކަށް ކިޔާ އެ ކުއްޖާއަށް ކޯވިޑް-19 ޖެހުނީ ވިހޭތާ ހަތަރު ވަނައަށް ވީ ދުވަހު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާއަށް ފަރުވާ ދީފައިވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ރިޔާދުގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ ގެއަށް ބަދަލު ކުރީ ހަފްތާއެއްހާ ދުވަސް ފަހުން މިއަދު އެވެ.

ރިޔާދަކީ ސައުދީގައި ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ އެއް ސިޓީ އެވެ.

މިހާތަނަށް ސައުދީގައި 2،646 މީހަކަށް ވައިރަސް ޖެހިފައިވާއިރު މި ބަލީގައި34 މީހުން ވަނީ ބަލީގައި މަރުވެފައި އެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ދިޔަޔަސް ވައިރަސް ފެތުރުން އެއްދުވަހުން އަނެއް ދުވަހަށް ސައުދީގައި ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް