ކޯވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ދިވެހިންނަށް ޒަކާތު ފަންޑުން މިހާތަނަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު، ޒާހިރު ވިދާޅުވީ، ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވެސް ދިވެހިން ދިރިއުޅެމުން އަންނައިރު މިދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އާއިލާތައް ހާލުގައި ޖެހެމުން އަންނާތީ ޒަކާތު ފަންޑުން އެހީވަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ވަރަށް ގިނަ ފައިސާ ހަރަދުކުރަމުން އަންނަ ކަމަށާއި މިހާތަނަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ
ފުއްދުންތެރިކަން ނެތް މީހުންނަށް ބޭސް ފަރުވާ ކުރުމަށް ޒަކާތު ފަންޑުން އެހީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނައިރު މިދިޔަ އަހަރު އެ ފަންޑުން ހާހަކާއި ގާތްކުރާ އަދަދަކަށް ބޭސް ފަރުވާ ކުރުމަށް އެދި މީހުން ހުށަހަޅާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް