ބީއެމްއެލް އިސްލާމިކުން ލޯނު ދެއްކުން ފަސް ކުރުމަށް ހުޅުވާލައިފި

ބީއެމްއެލް އިސްލާމިކުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން އިއުލާންކުރި އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން ލޯނު ފަސް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. ބީއެމްއެލްއ...

07 Apr 2020 | 07:45

ބީއެމްއެލް އިސްލާމިކުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން އިއުލާންކުރި އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން ލޯނު ފަސް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ ބީއެމްއެމް އިސްލާމިކް ފައިނޭންސިން އުސޫލުން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭ މުއްދަތުގައި މި ފެސިލިޓީ ނަގާފައިވާ ފަރާތުން އެއްވެސް ފައިސާއެއް ބޭންކަށް ދައްކާކަށް ނުޖެހޭނެ އެވެ. އަދި މި މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ކަސްޓަމަރުގެ ކްރެޑިޓް ހިސްޓްރީ އަށް އެއްވެސް އަސަރެއް ވެސް ނުކުރާނެ އެވެ.

އިސްލާމިކްއިން ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކުރުމުން ފުރަތަމަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް މި މުއްދަތުގައި ފައިދާއަށް ވާ ފައިސާ ޗާޖުކުރާނެ އެވެ. މި މުއްދަތުގައި ކާފުލް ޗާޖެއްގެ ގޮތުގައި ކަސްޓަމަރު ކޮންމެ މަހަކު ދައްކާ ފައިސާ އަކީ ފައިނޭންސިން ފެސިލިޓީގައި އެކުލެވިގެންވާ ބައެއް ނޫން ކަމަށް ވާތީ އެ ފައިސާ ކަސްޓަމަރުގެ އެކައުންޓުން ކެނޑޭނެ އެވެ.

މީގެ އިތުރުން ދެން އަންނަ ހަ މަސް ދުވަހު ފައިސާ އަނބުރާ ދައްކަން ޖެހޭނީ 20 ޕަސެންޓަށް ވުރެ ކުޑަ އަދަދެކެވެ.

ބީއެމްއެލްއިން ބުނީ ލޯނު ދެއްކުން ފަސް ކުރުމުގެ ހުރިހާ މުއާމަލާތްތަކެއް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ބީއެމްއެލުން ވަނީ ކޮންވެންޝަނަލް ލޯނުތައް ފަސްކުރަން އެދުމުގެ ފުރުސަތުވެސް ހުޅުވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް