އިންޑިއާއިން މެލޭރިއާ ބޭސް ބައެއް ގައުމުތަކަށް ފޯރުކޮށްދެނީ

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން މެލޭރިއާ ބޭސް ބައެއް ގައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ސަރު...

07 Apr 2020 | 07:17

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން މެލޭރިއާ ބޭސް ބައެއް ގައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ސަރުކާރުން އިންޑިއާގެ އެހީ ބޭނުންވާނެ ކައިރި ގައުމުތަކަށް ޕެރަސެޓްމޯލް އާއި ހައިޑްރޯކްސީކްލޮރޯކީން އެކަށީގެންވާ މިންވަރަކަށް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާސް އިން ވަނީ ބުނެފަ އެވެ.

ހައިޑްރޯކްސީކްލޮރޯކީން އަކީ މެލޭރިއާއަށް ފަރުވާ ދިނުމުގެ ގޮތުން ބޭނުން ކުރާ ވަރަށް އަގުބޮޑު ބޭހެކެވެ. މި ބޭސް ބޭނުން ކުރުމުން ކޯވިޑް-19 އިން ރައްކާތެރި ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ބޭސް ނަގާނީ ސިއްހީ މާހިރެއް ނުވަތަ ޑޮކްޓަރެއްގެ ލަފައިގެ މަތިން ކަމަށް ގިނަ ހޮސްޕިޓަލުތަކުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގައި އިންޑިއާ އިން ވަނީ ހައިޑްރޯކްސީކްލޮރޯކީން އެކްސްޕޯޓު ކުރުން މަނާކޮށްފަ އެވެ. އެ ނިންމުން ނިންމީ މި ބޭހަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ބޭހެއް ކަމަށް ބުނެ އޭރު ޑޮކްޓަރުން ވާހަކަ ދައްކާފައިވާތީ އެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ ހައިޑްރޯކްސީކްލޮރޯކީން އެމެރިކާ އަށް ފޯރުކޮށްދިނުމަށް އިންޑިއާގެ އެހީއަށް އެދިފަ އެވެ. އެކަމަކު އިންޑިއާއިން އެކަމަށް ދެކޮޅު ހެދި އެވެ. އެހެންވެ ދެ ގައުމު ދޭތެރޭ އޮންނަ ގުޅުން ވަރުގަދަކޮށް ބާއްވަން ބޭނުންނަމަ އިންޑިއާއިން ބޭސް ފޯރުކޮށްދޭނެކަން ގަބޫލުކުރާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް