އެސްއެމްއެސް ކޮށްގެން ގޭސް ފުޅި އަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭސް އިން ދޭން ފަށައިފި އެވެ.
މޯލްޑިވް ގޭސް އިން ބުނީ އެގޮތަށް ހިދުމަތް ދިނުމަށް ނިންމީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުންކަމަށެވެ.
މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ކަސްޓަމަރެއްގެ ކޯޑާއި އައިޑީ ކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް އެސްއެމްއެސް ކުރުމުން އޯޑަރު ކުރެވޭނެ ކަމަށެވެ. އަދި އިތުރު އެހީ ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެހީތެރިވެދޭނެ ކަމަށް އެ ކުންފުނިން އިން ބުނެއެވެ.
މީގެ އިތުރުން މޯލްޑިވް ގޭސް އިން ބުނީ ރީ-އޯޑާ ކުރާ ކަސްޓަމަރުން، އެ މީހެއްގެ ކޯޑާއި އައިޑީ ކާޑު ނަމްބަރު އެކަނި ފޮނުވުމުން ވެސް ގޭސް ފުޅި އަށް އޯޑަރު ކުރެވޭނެ ކަމަށެވެ.
އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ކުންފުނީގެ ވެބްސައިޓު maldivegas.com/order މެދުވެރިކޮށް އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭ އިންތިޒާމު ވެސް މޯލްޑިވް ގޭސް އިން ވަނީ ހަމަޖައްސައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް