ކޯވިޑް-19 އާއި ގުޅިގެން މެލޭޝިޔާގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ފްލައިޓްގެ ޖާގަ ފުރިއްޖެ ވެއްޖެ އެވެ.
މޯލްޑިވިއަނުން ބުނެފައިވަނީ ފްލައިޓްގެ ޖާގަ ފުރުމުން މެލޭޝިޔާ ފްލައިޓަށް ބުކިން ނެގުން ހުއްޓާލާފައިވާކަމަށެވެ. އަދި އިތުރު ފްލައިޓެއް ބާއްވާ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން އަނބުރާ ރާއްޖެ ގެންނަން ހާއްސަ ފްލައިޓެއް ބާއްވަން ނިންމާފައިވާއިރު އަންނަން ބޭނުންވާ ފަރާތްތަކަށް ބުކިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރޭ 9:00 ގެ ފަހުންނެވެ. ކޯވިޑް-19 އާއި ގުޅިގެން މެލޭޝިޔާގައި ތިބި ގިނަ ދިވެހި އަނބުރާ ރާއްޖެ އަންނަން ބޭނުންވާތީވެ އެމީހުން ގެނައުމަށް ހާއްސަ ހުއްދަތަކެއް ހޯދައިގެން މޯލްޑިވިއަނުން ފްލައިޓެއް ބާއްވަން ނިންމީ އެވެ.
އެއީ މެލޭޝީޔާއަކީ މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލެއް ނޫނެވެ. މެލޭޝިޔާއިން މީހުން ގެންނަ ފްލައިޓަކީ200 މީހުންގެ ޖާގައިގެ ފްލައިޓެކެވެ.
މޯލްޑިވިއަނުން ވަނީ ލަންކާގައި އުޅޭ 100 ދިވެއްސަކު ވެސް އަނބުރާ ރާއްޖެ ގެނެސްފަ އެވެ. ކޮޗިންގައި ތިބި ދިވެހިންވެސް ރާއްޖެ ގެނެސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް