ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ސިއްހީ ހިދުމަތްތެރީންނަށް ޝުކުރު ދަންނަވައިފިއެވެ.
ރައީސް ސޯލިހް ސިއްހީ ހިދުމަތްތެރީންނަށް ޝުކުރު ދަންނަވާފައިވަނީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅުވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވީ މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހާއި އިއްތިފާގު މިވަނީ މި ޖީލު މިހާތަނަށް ދުއް އެންމެ ނުރައްކާތެރި ސިއްހީ ކާރިސާއާއި ކަމަށާއި ޑަކުޓަރުންނާއި ނަރުހުންނާއި ސިއްހީ މާހިރުން ހިންމަތާއި މިންނަތާއެކު މަސައްކަތްކުރަމުން އަންނައިރު އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ކޯވިޑް-19 އިން ދުނިޔެ ސަލާމަތްކުރައްވާތޯ ދުއާކުރައްވާކަމަށެވެ.
ސިއްހީ ހިދުމަތްތެރީންނަށް ރައީސް ސޯލިހް ޝުކުރު ދަންނަވާފައިވާއިރު ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ގޮތް ނިންމަނީ ސިއްހީ ދާއިރާއިންނެވެ. މި ހާލަތުން އަރައިގަތުމުގައި ކުރެވޭ މަސައްކަތުގައި އިސް ބަސް އަދި ފަހުބަސް ބުނާނީވެސް ސިއްހީ ދާއިރާގެ ބޭފުޅުން ކަމުގައި ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް