ށ. އަތޮޅުގައި ހިންގާ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓުން މޫދަށް ފުންމާލި އެ ރިސޯޓުގެ މުދިމު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް އެބަ ގެންދެއެވެ.
އެގޮތުން އެމްއެންޑީއެފުން މިއަދު ހެނދުނު ބުނެފައިވަނީ ޑައިވަރުން ކަނޑުގެ ސާފޭސް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މީހާ ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ކުރީ ރޭ9:45 ހާއިރު ކަމަށެވެ. އެ ރިސޯޓުގެ މުދިމަކީ އިންޑިއާ ރައްޔިތެކެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ރިސޯޓުގެ މުވައްޒަފަކު ބުނީ އެމީހާ ފުންމާލީ ރިސޯޓުގެ ސަޕްލައި ޖެޓީން ކަމަށާއި އަދި އޭނާ ފުންމާލީ އަމިއްލައަށްކަން ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް