ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ހާލަތާއި ގުޅިގެން، އެންޒީން މަސްދަޅަކުން ތިން ރުފިޔާ އަގުހެޔޮ ކޮށްފިއެވެ.
އެގޮތުން އެންޒީން ބުނެފައިވަނީ މިވަގުތަކީ ވިޔަފާރިތަކުން އާންމު ފަރުދުންނަށް ވީހާވެސް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެއްކަމުން އެންޒީއިން މަސްދަޅުގެ އަގު މިއަދުން ފެށިގެން ވީހާވެސް ހެޔޮ ކޮށްފައިވާ ވާހަކަ ދަންނަވާކަމަށެވެ .
"އަގަށް ބަދަލު ގެނެވިފައިވަނީ ކޮވިޑް 19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންއާއި އަދި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވެފައި އެންމެ ގިނައިން ގޭގޭގައި ބޭނުންކުރައްވާ އެއް ޕްރޮޑަކްޓްއަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަޤްސަދުގައެވެ. " އެންޒީން ބުނެފައިވެއެވެ.
މިގޮތުން ތެޔޮ މަސްދަޅެއް15 ރުފިޔާއިން 12ރުފިޔާއަށް އަދި ފެން މަސްދަޅެއް އެންމެ 11.50ރ އަށް ވަނީ އަގު ކުޑަ ކުރެވިފައި ކަމަށާއި ކޭސް ނަންގަވާނަމަ، ތެޔޮ މަސްދަޅު ކޭހެއް 555ރ އަށް އަދި ފެން މަސް ކޭހެއް 530ރ އަށް ލިބިވަޑައިގަންނަވާނެކަމުގައި އެންޒީން ބުނެއެވެ.
މިވަގުތު ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުން ގޭގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއިއެކު ތިއްބަވައިގެން އަޅުގަނޑުމެންގެ ޙިދްމަތް ހޯދޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައި ކަމަށާއި މިގޮތުން އެންޒީ އިން ގޭގެއަށާއި ދޯނިތަކަށް ބޭނުންވާ އަދަދަކަށް މަސްދަޅު ޑެލިވާރ ކޮށްދޭނެ ކަމަށްވެސް އެންޒީން ބުނެއެވެ.
"އަޅުގަނޑުމެންގެ ހޮޓްލައިން ނަމްބަރ 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު ބޭނުންފުޅުވާ ބާވަތް (ތެޔޮ/ފެން) އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރ ދެއްވުމުން އަޅުގަނޑުމެން ޑެލިވާރ ކޮށްދޭނަމެވެ. " އެންޒީން ބުނެފައިވެއެވެ.
އެންޒީން ބުނެފައިވަނީ މަސްދަޅުގެ އަގު ހެޔޮ ކުރިކަމުގައި ވީނަމަވެސް މި ވަގުތު ހިނގަމުންދާ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި އެހެންކަމުން ކޮންމެ ބޭފުޅަކުވެސް ދަޅުން ލޭބަލް ނައްޓާލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 އަށް އެސް އެމް އެސް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރެރިވެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ މިފަދަ ކްރިޓިކަލް ވަގުތެއްގައި ހުރިހާ ބޭފުޅުންވެސް ގޭގައި ރައްކާތެރިކަމާއިއެކު ތިއްބަވައިގެން އަޅުގަނޑުމެންގެ ޙިދުމަތް އެންމެ ހެޔޮ އަގުގައި މާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް އަދި ރަށްރަށަށް ފޯރުކޮށްދިނުމެވެ." އެންޒީން ބުނެފައިވެއެވެ.
މީގެ އިތުރުން އެންޒީ މަސްދަޅު މި އަގުގައި ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އެންޒީގެ މަސްދަޅު އުފައްދާ އެންސިސް ފިޝަރީޒްއަކީ ފުޅާ ދާއިރާއެއްގައި މަސްދަޅު އަދި މަހުގެ އެކި ބާވަތްތައް ރާއްޖޭގައި އުފައްދާ ކުންފުންޏަކަށް ވާއިރު މިފަދަ ދަނޑިވަޅެއްގައި ކާބޯތަކެތީގެ އަގު ރައްޔިތުންނަށް ހެޔޮކޮށް ދިނުމަކީ އެންސިސް ފިޝަރީޒްގެ އެންމެ ބޮޑު އަމާޒު ކަމުގައިވެސް އެންޒީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް