ރިސޯޓަކުން އަލިފުއްޓަށް އެރި ބަޔަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން އެ އަތޮޅު އަލިފުއްޓަށް އެރި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމ...

07 Apr 2020 | 03:09

ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން އެ އަތޮޅު އަލިފުއްޓަށް އެރި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކާއި ހިލާފަށް އަމަލު ކޮށްފައިވާތީ ކަމަށެވެ. މި މައްސަލައިގަ އެ ރިސޯޓުގެ ފަސް މުވައްޒަފަކު ހައްޔަރު ކުރި އެވެ.

އެ މީހުން އެ ރަށަށް އެރި ކަމަށް ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އެމީހުން ހައްޔަރު ކުރީ ރޭ11:30 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި ހިލާފު ވާ ފަރާތްތަކުގެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މީހުން ދިރިއުޅޭ ރަށްރަށަށް ދެވޭނީ ރިސޯޓުން އެންމެ ފަހު ޓޫރިސްޓު ފައިބާތާ14 ދުވަސް ފަހުންނެވެ. ރިސޯޓުގައި ޓޫރިސްޓުން ތިބި ނަމަ14 ދުވަހު އެކަހެރިވެ ހުރިކަން ރިސޯޓުން އެޗްޕީއޭއަށް ކަށަވަރުކޮށްދިނުމުން ކޯވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބުމުން އެ މުވައްޒަފަކަށް ރިސޯޓު ފޭބުމުގެ ހުއްދަ ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް