ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ ބިދޭސީ މުދިމު މޫދަށް ފުންމާލައިގެން ގެއްލިގެން ހޯދަނީ

ށ. އަތޮޅުުގައި ހިންގާ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގެ މުދިމު މޫދަށް ފުއްމާލުމާއި ގުޅިގެން ގެއްލިގެން ހޯދަން ފަށައިފި އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިރޭ9:45 ހާއިރު އެވެ. ...

06 Apr 2020 | 19:24

ށ. އަތޮޅުުގައި ހިންގާ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގެ މުދިމު މޫދަށް ފުއްމާލުމާއި ގުޅިގެން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިރޭ9:45 ހާއިރު އެވެ. އެ ރިސޯޓުގެ މުދިމަކީ އިންޑިއާ ރައްޔިތެކެވެ.

ފުލުހުން ބުނީ އެ ރިސޯޓަށް ގޮސް ރިސޯޓުގެ ޑައިވަރުންގެ ޓީމަކާއި އެކު އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެމީހާގެ އެއްވެސް ހިލަމެއް ވެފައި ނުވާ ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެމުން އެ ރިސޯޓުގެ މުވައްޒަފަކު ބުނީ އެމީހާ ފުންމާލީ ރިސޯޓުގެ ސަޕްލައި ޖެޓީން ކަމަށެވެ. އަދި އޭނާ ފުންމާލީ އަމިއްލައަށްކަން ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް