ދޮޅު ލައްކައަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ވެކްސިން ދީފައިވަނީ 5،875 މީހުންނަށެވެ.
އޭގެ ތެރެއިން މާލޭގައި ވެކްސިން ދީފައިވަނީ 2،048 މީހުންނަށެވެ. އަތޮޅު ތެރޭގައި މިއަދު ކޯވިޑް-19 ވެކްސިން ދީފައިވަނީ 3،827 މީހުންނަށެވެ.
މިއަދު ވެކްސިން ދިން މީހުންގެ އަދަދާއި އެކު ރާއްޖޭގައި ކޯވިޑް ވެކްސިން ދިން މީހުންގެ އަދަދު ވަނީ 151،643 އަށް އަރާފައި އެވެ. އޭގެ ތެރެއިން މާލޭގައި 89،093 މީހުންނަ ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 62،550 މީހުންނަށްށެވެ.
މިހާރު ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދިނުމަށް ބޭނުން ކުރަމުން ދަނީ އިންޑިއާއިން ހަދިޔާކުރި ދެ ލައްކަ ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ ތެރެއިން ދޮޅު ލައްކަ އަށްވުރެ ގިނަ ޑޯޒު ހުސްވެފައިވާއިރު ބާކީ ހުރީ 50،000 އެއްހާ ވެކްސިން ޑޯޒެވެ.
މިއަދު ރާއްޖެއަށް ވަނީ ކޮވިޝީލްޑު ވެކްސިންގެ އިތުރު 12،000 ޑޯޒު ލިބިފަ އެވެ. އެއީ ޑަބްލިއުއެޗްއޯގެ ދަށުން ކުރިޔަށް ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން ލިބިފައިވާ ވެކްސިން ޑޯޒުތަކެކެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް