ކޯވިޑް-19 އަށް އިތުރު 131 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ކޯވިޑަށް މާލެއިން ޕޮސިޓިވްވެފައިވަނީ 92 މީހުންނެވެ. އޮޕަރޭޓް ކުރާ ރިސޯޓުތަކުން 29 މީހުން ޕޮސިޓިވްވެފައިވެ އެވެ. ދެން މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރެއިން 10 މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،691 ސާމްޕަލެވެ.
މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދަނީ 2،599 މީހުންނަށެވެ. އޭގެ ތެރެއިން 166 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 18،124 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 64 މީހުން ވަނީ މަރުވެފަ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 20،794 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް