މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭ ތަފްސީލީ ރިޕޯޓު މިއަހަރު ނިމުމުގެ ކުރިން ހާމަ ކުރާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ މަރު ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބު2021 ގެ އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕެއިންގެ ސިލްސިލާ ބައްދަލުވުންތަކުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތްތަކުގެ މައުލޫމާތު ރިލްވާންގެ އާއިލާ އާއި ބަރާބަރަށް ހިއްސާ ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގު އަވަސް ކުރުމަށް ބޭރުގެ ތަޖުރިބާކާރަކު ގެނެސް ތަހުގީގު ފުރިހަމަ ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮމިޝަނަށް ގެނައި ބޭރުގެ ތަޖުރިބާކަރާއި އެކު މަސައްކަތް ކުރަން ފެށި ފަހުން އެ ކޮމިޝަނުން ވަނީ މުޅި ތަހުގީގު ފުރިހަމަކޮށް މަރާ ގުޅޭ ތަފްސީލް ރިޕޯޓް މިއަހަރުގެ ނިޔަލަށް އެކުލަވައިލަން ފުރުސަތު ދިނުމަށް އެދިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން އެމަނިފާނު އެ ދުވަހަކަށް މަޑު ކުރައްވައިގެން ހުންނެވި ކަމަށް ވިދާޅުވި އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް