ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި، ރާއްޖެ އެތެރެކުރުން މަނާ ތަކެތި ނައްތާލައިފި

ރާއްޖެ އެތެރެކުރުން މަނާ 25 އެއްހާ ޓަނުގެ ތަކެތި ކަސްޓަމްސް އިން ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ 6 މާރިޗު 2021 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާ...

07 Mar 2021 | 16:59

ރާއްޖެ އެތެރެކުރުން މަނާ 25 އެއްހާ ޓަނުގެ ތަކެތި ކަސްޓަމްސް އިން ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ 6 މާރިޗު 2021 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ނައްތާލެވުނު ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގާ ހިމެެނެނީ ބަނގުރާ، ބަނގުރާ އެކުލެވޭ ތަކެތި، ބަނގުއާވި، އޫރުމަސް، ސިގިރޭޓް، އިސްލާމްދީނާ ޚިލާފް ތަކެތި، 75/4 ޤާނޫނުގެ ދަށުން ހިފަހައްޓާފައިވާ މަނާތަކެތި އަދި ބޭސް ހިމެނެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް