ބިޑް ކާމިޔާބުކޮށް ނުވަތަ ވިޔަފާރި ކުރުމަށް އިކޮނޮމިމް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އެހީތެރިކަން ހޯދާފައި ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ހުޅުމާލޭގައި ކްލިނިކެއް ހިންގަން އޭނާ ހިއްސާވާ ކުންފުނި ޑީވައިއެމް އާއި ހަވާލު ކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުފޫޒު ފޯރުވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު އިއްޔެ ވިދާޅުވީ ފައްޔާޒު ނުފޫޒު ފޯރުވައިގެން އެކަން އެގޮތަށް ކުރިޔަށް ގެންދިޔަ ނުދެއްވާނެ ކަމަށެވެ.
ނަޝީދުގެ މި ހަމަލާތަކާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ އެ ކްލިނިކްގެ ބިޑު އެ ކުންފުންޏަށް ކާމިޔާބުވިކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަދި ނާންގާ ކަމަށެވެ. ޑީވައިއެމް ކުންފުނީގައި ރޮޒައިނާގެ 50 ޕަސެންޓު ހިއްސާ އޮވެ އެވެ.
ރޮޒައިނާ ވިދާޅުވީ ޕްރޮޖެކްޓު ކާމިޔާބު ކުރުމަށް ފައްޔާޒްގެ އެހީތެރިކަން ހޯއްދަވާފައި ނުވާނެ ކަމަށެވެ. އަދި މީހަކު ނިވާފަތްގަނޑަކަށް ހަދައިގެން އޮޅުވާލައިގެން ވިޔަފާރިއެއް ނުކުރާނެކަމަށާއި، ވިޔަފާރި އެއް ކުރާނަމަ ކުރާނީ ހާމަކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމަކީ ސިޔާސ ކަމަކަށް ހަދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލައިގަ ޓުވިޓާގައި އަމާޒުވި ފާޑު ކިޔުންތަކާއި ގުޅިގެން ރޮޒައިނާ ދަތްހުރި ދުވަހު ކާށި ކެވޭނެ ކަމަށެވެ. އެކަމަކު ވަގަށް ކާށި ކާން ގަސްތު ނުުރައްވާ ކަމަށާއި ކާށި ކާނީ ހަލާލު ގޮތުގައި ކަމަށެވެ.
https://twitter.com/Roxeyna/status/1368520931283324931
ރޮޒައިނާ މީޑިއާަގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވީތީ ވިޔަފާރި ކުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށެވެ. އަދި ޑީވައިއެމް އުފައްދާފައިވަނީ ކުއްލިއަކަށް ކަމަށް ބުނާ ވާހަކަ ދޮގުކޮށް އެކަން އޭނާ ވަނީ ސާފުކޮށްދެއްވާފަ އެވެ.
ރޮޒައިނާ މީޑިއާގައި ހާމަކުރެއްވި ލިޔެކިޔުންތަކުން ދައްކާގޮތުގައި އެ ކުންފުނި އުފައްދާފައިވަނީ 2016 ޖޫން 17 ގައި އެވެ. އަދި ކުރިން ރޮޒައިނާގެ އާއިލީ އެ ކުންފުނި އޭނާ އާއި އައިޖީއެމްއެޗުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޑރ. އާމިނަތު ނަޒީރު ވަނީ ބައްލަވައިގެންފަ އެވެ.
ދެބޭފުޅުންގެވެސް އެތަނުގައި އޮތީ 50 ޕަސެންޓު ހިއްސާ އެވެ.
ހުޅުމާލޭގައި ހިންގާ އެ ކްލިނިކަކީ ހުޅުމާލޭ “ހެލްތު އެންޑް ވެލްނަސް ސެންޓަރު” އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް