އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ނޭޕާލުގެ ބުޓްވަލް މެޓްރޮޕޮލިޓަން ސިޓީގެ ނާހަރުޕޫރު ސެކަންޑަރީ ސްކޫލްގެ އާ އިމާރާތް އެޅުމަށް ހިލޭ އެހީގެ ގޮތުގައި 44.17 މިލިއަން ނޭޕާލީ ރުޕީސް (5.8 މިލިއަން ދިވެހިރުފިޔާ) ފޯރުކޮށްދީފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފޯރުކޮށްދިން މި އެހީއަކީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"ގެ ދަށުން ނޭޕާލް އާއި ބާރަތު މައިތްރީ ޑިވެލޮޕްމެންޓްއާއި ހެދިފައިވާ އެއްބަސްވުމުގެ ދަށުން ދެވުނު ހިލޭ އެހީއެކެވެ. އަދި މި އެއްބަސްވުމުގައި ސޮއި ކުރެވުނީ ނޭޕާލުގައި ހުންނަ އިންޑިއާގެ އެމްބަސީއާއި ބުޓްވަލް ސަބް-މެޓްރޮޕޮލިޓަން ސިޓީއާއި ދެމެދުއެވެ.
އިންޑިއާއިން އެމްބަސީއިން ނެރުނު ނޫސް ބަޔާނުގައި ވާގޮތުން "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"ގެ ދަށުން ވަނީ ސިއްޙީ، ތަޢުލީމު، ބޯފެން، މުވާސަލަތީ ގުޅުން، ނަރުދަމާ އަދި ޢާއްމުންގެ އެހެނިހެން ބޭނުންތަކަށް 446 ޕްރޮޖެކްޓް ނޭޕާލުގެ 7 ޕްރޮވިންސްގައި ނިންމާފައެވެ. މީގެ ތެރެއިން 41 ޕްރޮޖެކްވަނީ ޕްރޮވިންސް-5 އަށް ކަނޑައެޅި، ރުޕަންދެހީގައި 10 ޕްރޮޖެކްޓް ނިމި އަދި ނިންމުނުގެ އެކިއެކި މަރުހަލާތަކުގައި 9 ޕްރޮޖެކްޓް ހިމެނޭކަމަށްވެސް މިބަޔާނުގައި ވެއެވެ.
ނޭޕާލާށް 2015 ގައި އައި ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަރައި ނޭޕާލު އާރާސްތުކުރަން އިންޑިއާއިން ހިލޭއެހީގެ ގޮތުގައި ދީފައިވާ 5،800 މިލިއަން ނޭޕާލީ ރުޕީސް ދަށުން 71 ތަޢުލީމާއި ގުޅުންހުރި އިމާރާތްތައް ކުރެވެމުންދާކަމަށްވެސް އިންޑިއާ އެމްބަސީއިން ނެރެފައިވާ ބަޔާނުގައިވެއެ. އަދި 8 ސްކޫލު އިމާރާތްކޮށް ނިމި، ތްރިބުވާން ޔުނާސިޓީގެ މައި ކުތުބުޙާނާ އިމާރާތް ކުރަންވެސް ހުޅުވާލެވިފައިވާ ކަމަށްވެއެވެ.
ސްރީ ނާހަރުޕޫރު ސެކަންޑަރީ ސްކޫލަކީ 1971ވަނަ އަހަރު އުފެދި ގަޢުމީ އެގްޒަމިނޭޝަން ބޯޑުގެ ދަށުން ހިންގަމުންގެންދާ ސްކޫލެކެވެ. އަދި ސްކޫލުގައި ތަޢުލީމާއި މެނޭޖްމަންޓްގެ ދާއިރާއިން 2 ވަނަ ލެވެލްއާއި ހަމައަށް މިހާރުވެސް 1127 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް