ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެމެރިކާގެ ވެރިރަށް ނިއުޔޯކްގައި ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.
"ސޯނާ"ގެ ނަމުން ނަން ދީފައިވާ އެ ރެސްޓޯރެންޓަކީ އިންޑިއާ ކެއުމަށް ހާއްސަ ތަނެކެވެ. އެ ރެސްޓޯރެންޓު ހުޅުވުމުގެ ގޮތުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
އެ ރެސްޓޯރެންޓަކީ ޕްރިޔަންކާ އައި މަންމަ މަދޫ ޗޯޕްރާގެ އިތުރުން އޭނާގެ ދެ އެކުވެރިންނާއި އެކު ފެށި ވިޔަފާރި އެކެވެ. އެ ވިޔަފާރި ފެށުމުގެ މަސައްކަތް ކުރަން ފެށީ 2019 ވަނަ އަހަރު ކަމަށް ޕްރިޔަންކާ ބުނެފައިވެވެ.
ޕްރިޔަންކާގެ ސޯނާ ރެސްޓޯރެންޓުގައި ހެޑް ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަނީ މަޝްހޫރު ކެއްކުންތެރިއެއް ކަމަށްވާ ހެރީ ނަޔަކް އެވެ.
https://www.instagram.com/p/CMFiW3uDJvd/
ޕްރިޔަންކާ އަކީ އަބަދުވެސް ތަފާތު މަސައްކަތްތައް ކުރަން ބޭނުންވާ މީހެކެވެ. ފުރަތަމަ މިސް ވޯލްޑްގެ މަގާމުން ވިދާލި ޕްރިޔަންކާ އޭގެ ފަހުން ނުކުތީ ބޮލީވުޑަށެވެ. ފިލްމު ކުޅުމުގެ ތެރެއިން އޭނާ ވަނީ ލަވަ ކިޔައި، ފިލްމް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ކޮށްފަ އެވެ.
އަދި ފަހުން ވަނީ ހޮލީވުޑްގައިވެސް މަސައްކަތް ކުރަން ފަށާފަ އެވެ. މީގެ އިތުރުން އެންމެ ފަހުން މިއަހަރު އޭނާ ވަނީ އަމިއްލަ ހެއާ ކެއާ ބްރޭންޑް "އެނޯމަލީ" ތައާރަފުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް