ގެއްލުނު ޑިންގީގެ ވެރިފަރާތާ ޑިންގީއާ ފޯނުން ގުޅިއްޖެއެވެ.ި މިހާރު ޑިންގީ ފުވައްމުލަކަށް ދަތުރު ކުރަމުން ދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މީޑީއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ރޭ ފަތިހު 4:30 ހާއިރު މަހަށް ނިކުތް މި ޑިންގީގެ ހަބަރެއްނުވެގެން، ޑިންގީ ހޯދުމިގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން އަންނަނީ މަސައްކަތް ކުރަމުންކަމަށެވެ.
“މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މަހަސް ދިޔަ މީހެއްގެ އާއިލާގެ ފަރާތުން މިއަދު 10:40 ހާއިރު. މި ޑިންގީއަކީ ހުދު ކުލައިގެ ދަވާދު ލައި، ރަތް ކުލައިގެ ފަށެއް ދަމާފައިވާ 22 ފޫޓުގެ ޑިންގީއެއް ކަމަށް މައުލޫމާތު ލިބިފައިވޭ” އާޒިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ޑިންގީ ދިޔަ ދިމާލެއް އަދި މީހުން ތިބި އަދަދު އަދި އެނގިފައިނުވާކަމަށާއި މި ޑިންގީ ހޯދުމަށް އެމްއެންޑީއެފް ހެލިކޮޕްޓަރާއި އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންޗުގެ އިތުރުން، ސީ އެމްބިއުލާންސްވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް