މަސްދޯނި މާރާމާރީގައި ޒަހަމްވި ބިދޭސީ އެކަކު މަރުވެއްޖެ

މަސްދޯންޏެއްގައި މިއަދު ދެ ބިދޭސީއަކު ހިންގި މާރާމާރީގައި ޒަހަމްވި އެކަކު މަރުވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހިންގި އެ މާރާމާރީގައި އަނިޔާވެގެން ފަރުވާދެމުންދިޔ...

07 Mar 2021 | 07:34

މަސްދޯންޏެއްގައި މިއަދު ދެ ބިދޭސީއަކު ހިންގި މާރާމާރީގައި ޒަހަމްވި އެކަކު މަރުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހިންގި އެ މާރާމާރީގައި އަނިޔާވެގެން ފަރުވާދެމުންދިޔަ މީހާ މިއަދު 11:59ގައި މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި ބިދޭސީންތަކެއް ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ފަތިހު 3:50 ހާއިރު އެވެ.

ޒަހަމްވި މީހާއަށް ފަރުވާ ދީފައިވަނީ ތ. ވޭމަންޑޫ އަތޮޅު ހޮސްޕިޓަލުގައި އެވެ. މާރާމާރީ އާއި ގުޅިގެން 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް