މާލޭ ބާޒާރުމަތީ ފިހާރަތަކެއް ފަޅާލައި، ވައްކަން ކޮށްފި

މާލޭގެ ބާޒާރުމަތީގެ ފިހާރަތަކެއް ފަޅާލައި، ވައްކަން ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޅާލާފައި ވަނީ ބާޒާރު ސަރަހައްދުގެ ނޯތު ހާބަރާއި ދަތުރުވެރިންގެ މާރުކޭޓާ ދެމެދުގައިހުރި ފަސް ފިހާރައެކެވ...

07 Mar 2021 | 06:49

މާލޭގެ ބާޒާރުމަތީގެ ފިހާރަތަކެއް ފަޅާލައި، ވައްކަން ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޅާލާފައި ވަނީ ބާޒާރު ސަރަހައްދުގެ ނޯތު ހާބަރާއި ދަތުރުވެރިންގެ މާރުކޭޓާ ދެމެދުގައިހުރި ފަސް ފިހާރައެކެވެ. އަދި އެ ފިހާރަތަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައި ވެއެވެ.

ފިހާރަތައް ފަޅާލާފައި ވާކަން އެނގިފައި ވަނީ މިއަދު ހެނދުނު އެ ފިހާރަތައް ހުޅުވަން ދިއުމުންނެވެ.

ބައެއް ފިހާރަތަކުން ފައިސާ ވަގަށް ނަގާފައި ވާއިރު، އަނެއްބައި ފިހާރަތަކުން މުދާ ވަގަށް ގެންގޮސްފައި ވެއެވެ. ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭޭގައި ސިނގިރޭޓާއި އެނާޖީ ޑްރިންކް ފަދަ އެއްޗެހި ހިމެނެ އެވެ. ގުޅިފައިވާ މިފިހާރަތައް ފަޅާލާފައިވަނީ އެތަނުގެ އެއް ފިހާރައިގެ ޓިނު ނަގައިގެން ސީލީނގު ފަޅާލައިގެންނެވެ.

ޖެހިޖެހިގެން ހުރި މި ފިހާރަތަކުގެ ބިއްގަނޑުގައި ޖަހާފައި ހުރީ ލަކުޑި ފިލާކަމަށް ވުމާއެކު، ދެން ހުރި ފިހާރަތަކަށް ވަދެފައި ވަނީ އެ ފިލާތައް ހަލާކުކޮށްލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް