ކްރިކެޓް ކާނިވަލްގައި ބައިވެރިވުމަށް އެދޭ މުއްދަތު އިތުރުކޮށްފިއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނީ، ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އަނެއްކާވެސް 18 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 އާއި ހަމައަށް މުއްދަތު އިތުރުކުރެވިފައި ކަމަށެވެ.
މިއއި ރަމަޝާން މަހުގެ ދެވަނަ ދުވަހު ފަށާގޮތަށް، މި ބޯޑާއި މާލެ ސްޕޯޓްސް ކްލަބާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ކާނިވަލުގައިވެސް ތިން މުބާރާތް ކުރިއަށްދާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނެއެވެ.
އެގޮތުން:
- އޮފީސް ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 8 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1500.00 ރުފިޔާއެވެ.
- އޯޕަން ޓޭޕް ބޯލް މުބާރާތުގައި ބައިވެވެވޭނީ 12 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1000.00 ރުފިޔާއެވެ.
- ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 5000.00 ރުފިޔާއެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެނެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 10 ޓީޝާޓާއި، ޓްރެކްޕޭންޓް ދެވޭނެ ކަމަށް އެ ބޯޑުން ބުނެއެވެ.
ކޮންމެ މުބާރާތެއްގެ އެންމެ ގިނަ ލަނޑު ހަދާ ފަރާތެއް، އެންމެ ގިނަ ވިކެޓް ނަގާ ފަރާތެއް، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ތިންޓީމަށް އިނާމް ފައިސާ ދޭ ގޮތަށް ހަމަޖެހިފައި ވެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުމަށް އެ ބޯޑުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް