ޗޮކްލެޓަކީ ނުކައި ދޫކޮށްލާވަރު އެއްޗެއް ނޫން!

ދިރާސާތަކުން ދައްކާ ގޮތުގައި ކޮކޯއަކީ އެ ބޭނުންކުރުމުން ހަނދާން ގަދަކޮށްދޭ އެއްޗެކެވެ. ޔުނިވަސިޓީ އޮފް ބާމިންގަމްގައި ތައްޔާރުކޮށްފައިވާ މި ދިރާސާ ހަދާފައިވަނީ 18 މީހުން ބައިވެރިކޮށްގެންނެވެ. އެގޮތުން...

07 Mar 2021 | 06:09

ދިރާސާތަކުން ދައްކާ ގޮތުގައި ކޮކޯއަކީ އެ ބޭނުންކުރުމުން ހަނދާން ގަދަކޮށްދޭ އެއްޗެކެވެ.

ޔުނިވަސިޓީ އޮފް ބާމިންގަމްގައި ތައްޔާރުކޮށްފައިވާ މި ދިރާސާ ހަދާފައިވަނީ 18 މީހުން ބައިވެރިކޮށްގެންނެވެ. އެގޮތުން ޔުނިވަސިޓީގެ ލެކްޗަރަ އައި ރިސާޗާ އެއް ކަމުގައިވާ ކެޓްރީނާ ރެންޑީރޯ ފާހަގަކޮށްފައިވަނީ ކޮކޯއަކީ ކޮގްނިޓިވް ފަންކްޝަންގެ ބާރު ގަދަކޮށްދޭ ބާވަތެއް ކަމުގައެވެ.

މި ދިރާސާއަށް ނަގާފައިވަނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނެވެ. އަދި ހިތުގެ އާއި ސިކުނޑީގެ އެއްވެސް ބައްޔެއް ފާހަގަވެފައި ނުވާ ސިއްހަތު ސަލާމަތުން ތިބި މީހުންނެވެ.

އެގޮތުން ދިރާސާއިން ފާހަގަވި ކޮކޯ ބޭނުންކުރުމަށްފަހު ހުރިހާ ބައިވެރިންގެވެސް ސކުނޑިއަށް ލޭ ފޮނުވައިދޭ މިންވަރު ހަލުވިވިކަމެވެ. އެހެންކަމުން ސިކުނޑިއަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރު އަދި ކާބަންޑައި އޮކްސައިޑް ބޭރުވާ މިންވަރުވެސް އިތުރުވިއެވެ. އަދި ކޮކޯ މަދުން ބޭނުންކުރި ބައިވެރިންނަށްވުރެން ގިނައިން ބޭނުންކުރި ބައިވެރިންގެ ސިކުނޑީގެ މަސައްކަތްތައް ހަލުވިކަން ވަރަށް ބޮޑަށް ފާހަގަވިކަމަށެވެ.

މީގެ އިތުރުންވެސް ހަވާލުކުރެވުނު ކޮގްނެޓިވް ޓެސްޓް ތަކުންވެސް އެމީހުންގެ ޕާފޯމަންސް މާ ރަނގަޅުކަމަށް މި ދިރާސާއިން ދައްކާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް