ބިދޭސީންތަކެއް ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މި މާރާމާރީ ހިންގާފައިވަނީ އެންދަމަން އޮތް ދޯންޏެއްގައި އެވެ. މާރާމާރީ ހިނގީ ދެ ބިދޭސީއެއްގެ ދެމެދުގައި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ފަތިހު 3:50 ހާއިރު އެވެ.
މާރާމާރީގައި ޒަހަމްވި މީހާއަށް ފަރުވާ ދެމުން ދަނީ ތ. ވޭމަންޑޫ އަތޮޅު ހޮސްޕިޓަލުގައި އެވެ.
މާރާމާރީ އާއި ގުޅިގެން 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް