ޖަޕާޏުގެ ގެތައް ކުދިވިއެއް ކަމަކު ދެމަފިރިން ދެ ތަނުގައި ނުވަތަ ދެ ކޮޓަރީގައި ނިދުމުގެ އާދައެއް ނުހުއްޓެއެވެ. މިއީ އެމީހުން މައްސަލަ ޖެހިގެން ކުރާ ކަމެއް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި މިއީ އެމީހުނަށް ފައިދާ ހުރި ކަމެކެވެ.
ޖަޕާނުައިެ ދެމަފިރިން ވަކިން ނިދާ އެއް ސަބަބަކީ، ދެމީހުންގެ ނިދުުމުގެ ވައްޓަފާޅި ތަފާތު ވުމެވެ. ތަފާތު މަސައްކަތުގެ މާހައުލު ހުންނައިރު، ދެމަފިރިންގެ މަސައްކަތްތައް ނިމޭ އިރާއި، މަސައްކަތަށް ދާން ޖެހޭ ވަގުތު ވެސް ތަފާތު ވެއެވެ. އެހެންކަމުން ނިދުމުގެ ވައްޓަފާޅި ދެމީހުންގެ ދެގޮތަށް ހުރެދާނެއެވެ. އެހެންކަމުން ދެ މީހުން ވަކިން ނިދުމަކީ ދެމީހުނަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށް އެމީހުން ދެކެއެވެ. އެގޮތަށް ނިދުމުގެ ސަބަބުން އެމީހުންގެ ނިދުމުގެ ވައްޓަފާޅި ރަނގަޅުވެ، ޞިއްޙަތުވެސް ރަނގަޅުވާނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ.
ޖަޕާނުގެ މަންމައިން، ދަރިންކައިރީގައި ނިދަން އާދަކުރެއެވެ. ސަބަބަކީ، ދަރިންކައިރީގައި ނިދުމުން ފައިދާ ކުރާ ކަމަށް ސައިންސުން ދައްކާތީއެވެ. އަދި އެކަމުގެ ސަބަބުން ދަރިންގެ ފިނިހޫނުމިނާއި ވިންދުޖެހުން އެއްވަރަކަށް ހިފަހައްޓައިދެއެވެ. އެހެންކަމުން އެއް އެނދެއްގައި އަނބިމިހާއާއި ދަރިފުޅާއެކު ނުނިދުމަށްޓަކައި، ފިރިން ވަކިން ނިދައެވެ.
ބައެއް ގައުމު ތަކުގައި، އެމަފިރިން ވަކިން ނިދަން ފެށުމުން، އެކަމުގެ ހައްލަކީ ވަރިކަމަށް ދެކެއެވެ. ނަމަވެސް ޖަޕާނުގައި އެކަން ތަފާތެވެ. އެމީހުންނަށް އެމީހުންގެ ނިދި ވަރަށް މުހިންމެވެ. އެހެންކަމުން އެކަކު ނިދާފައި އޮންނައިރު އުނދަގޫ ވާ ފަދަ ކަމެއް ކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އެހެންކަމުން ދެމަފިރިން ވަކިން ނިދާނެ ކޮޓަރި ނެތް ކަމަށް ވިޔަސް، ކޮންމެވެސް ގޮތަކުން ވަކިން ނިދޭނެ ގޮތް އެމީހުން ހޯދައެވެ.
ޖަޕާނު މީހުން ނިދާ ތަންމަތީގައި އަޅާ ބާވަތުގެ ކަފައިގެ ސަބަބުން ނިދުމަށް އަރާމުވެއެވެ. ކުރީޒަމާނުގައި ޖަޕާނު މީހުން ނިދަން ބޭނުންކުރާނީ އެކަކަށް ނިދޭވަރުގެ އެނދެވެ. އެހެންކަމުން ދެމަފިރިން އެ ތަންކޮޅުގައި ނިދުމަކީ އެހާ ފަސޭހަކަމެއް ކަމަކަށް ނުވެއެވެ. ޖަޕާނުގެ މިހާރުގެ މީހުންވެސް އެ އާދައަށް އަމަލު ކުރެއެވެ. އެކަމުގެ ސަބަބުން އެނދަށް ބޮޑު ހިސާބެއް ބޭނުމެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް