ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިގްތިސޯދީ ހަބެއްގެ ގޮތުގައި ލ. އަތޮޅު ތަރައްގީ ކުރުމުގައި ސަރުކާރުގެ ތަސައްވަރު ބޮޑުކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަދި ކެބިނެޓުގެ މިނިސްޓަރު ހިމެނިވަޑައިގަންނަވާހެން މި ތަސައްވުރުގެ ވާހަކަތައް ރޭގައި ހާމަކުރެއްވީ، ރަށްވެހިފަތިސް ކެމްޕޭނުގައި ރޭގައި ކުރިއަށްދިޔަ ސެޝަންގައެވެ.
ލ އަތޮޅުގެ ރަށްތަކުގެ ކައުންސިލާއި ރކ. ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއެކު އެމްޑީޕީގެ ލީޑަޝިޕް އަދި ސަރުކާރުގެ ކެބިނެޓުގެ މިނިސްޓަރުންވެސް ހިމެނޭހެން ކުރިއަށްދިޔަ މި ސެޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ލ. އަތޮޅަކީ ތަރައްގީގެ ސެންޓަރެއްގެ ގޮތުގައި ގާއިމްކުރަން ވަނީ ނިންމާފައި ކަމަށާއި އެގޮތުްނ ވައިގެ ބަނދަރާއި، ސިއްހީ ދާއިރާއާއި، ތައުލީމީ އަދި ޓޫރިޒަމް ދާއިރާގައިވެސް މުހިންމު އިސްކަމެއް ދީގެން މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައި ކަމަށެވެ.
" ދަނޑުވެރިކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ދަށުން ހަތް ރަށެއްގަ 131 ދަނޑުވެރިންނާއެކު އެގްރީމަންޓްގަ ވަނީ ސޮއި ކުރެވިފަ، 59 ފަރާތެއް ފެބްރުއަރީ މަހުގެ ތެރޭގަ އަމަލީ މަސައްކަތް ފަށައިފި، ދެ ސަރަހައްދެއް ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ ވާހަކަ ވާނީ ދައްކާފަ، ޖުމްލަ ގޮތެއްގަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފަ އަދި ކުރަމުންވެސް އެބަދޭ" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލ. އަތޮޅަކީ ތަރައްގީއާއެކީގައި އާބާދީ އެއްފަސްވެގެންދާނެ އެއް ސަރަހައްދު ކަމަށެވެ.
މި ސެޝަންގައި ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށާއި އެގޮތުން މިހާރުވެސް އިންވެސްޓްމަންޓްތަކެއް ކުރެވިފައިވާކަމަށެވެ. އަދި އެ ހޮސްޕިޓަލާއެކީގައި ކެންސާ ސެންޓަރ ގާއިމް ކުރެވުމުން އަތޮޅަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ގިނަވެ އަތޮޅުގެ އާމްދަނީ އިތުރުވެގެންދާނެ ކަމުގައިވެސް ނަސީމް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށާއި ލ. އަތޮޅަކީ އެޑިއުކޭޝަންގެ ހަބަކަށް ވެގެންދާނެ ކަމަށެވެ.
"ހަމައެކަނި ދިވެހި ރާއްޖެއަށް އެކަންޏެއް ނޫން، ރާއްޖެއިންބޭރުންވެސް ޓޫރިޒަމްފަދަ ކަންކަމަށް ކިޔަވަން އަންނާނެ ފަދަ ގޮތަކަށް" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު މަހްލޫފް ވިދާޅުވީ އަތޮޅުގެ 11 ރަށެއްގައި 33 ޕްރޮޖެކްޓެއް މިހާރު ކުރިއަށްދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް