ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މުޅި ގައުމަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެރިކަން ކުރާ އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަކޮށްފައިވާތީ ޕާޓީގެ ގިނަ އާންމު މެންބަރުންގެ ފާޑުކިޔުން އެމްޑީޕީ އަމާޒުވާން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އެންމެ ހަރަކާތްތެރިކޮށް ފެންނަ އެމްޑީޕީގެ އާންމު މެންބަރުންދަނީ ނުހުރުމާއި ހިތްހަމަ ނުޖެހުމުގެ ބަސްތައް ޕާޓީގެ ލީޑާޝިޕަށް އަދި ހާއްސަކޮށް ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރަމުންނެވެ. މިއަދު އެޕާޓިން ބޭއްވި އަންހެނުންގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެރިވެވަޑައިގެންފަ ވެ އެވެ.
ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންދާ މީހުންގެ ތެރޭގައި ރައީސް ނަޝިދުގެ ވެރިކަމުގެ ޓްރާންސްޕޯޓު މިނިސްޓަރު އާދިލް ސަލީމް ވިދާޅުވީ މިފަހަރު އޭނާ ވޯޓު ދެއްވާނީ މިވަގުތު ކެމްޕެއިން ހުއްޓާލާ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި މިވަގުތަކީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށް ލީޑާޝިޕް ދައްކަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
https://twitter.com/MadhilSaleem/status/1236161523342381057
https://twitter.com/MadhilSaleem/status/1236190881247449088
މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ސިފަކޮށްފައިވަނީ "ރަށްވެހި ފެސްޓިވަލް" ގެ ގޮތުގައި އެވެ. އޭނާ ބުނީ ވެރިކަން ގަދަކޮށް ހިފެހެއްޓުމުގެ އެދުމުގައި ރަށްރަށަށް ގޮސް މީހުން އެއްކޮށްގެން އެމްޑީޕީގެ ލީޑާޝިޕުން ކުރަމުންދަނީ ދަށުދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށެވެ.
މެޒޯ މުހައްމަދު ބުނީ ކައުންސިލްގެ ގޮނޑިއެއް ހޯދުމަށް އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ މިދުވަސްވަރު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
https://twitter.com/mezzomohamed/status/1236195728730378241
ފާރިޝް ހުސައިންގެ ނަމުގައި ޓްވިޓާގައި ހިޔާލުފާޅުކޮށްފައިވާ މީހަކު ބުނެފައިވަނީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މިދުވަސްވަރު ހުއްޓާލަން ޖެހޭ ކަމަށެވެ. އައިޝަތު ޝިފާނާގެ ނަމުގައި ހިޔާލުފާޅުކޮށްފައިވާ މީހަކު ބުނެފައިވަނީ މިހެން ހޭންތިއްބަ މިފަހަރު ހޭ އަރާނެ ކަމަށެވެ. އަދި ބޮޑެތި އެއްވުންތައް ނުބޭއްވުމަކީ މިދުވަސްވަރު އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އިތުރު މީހަކު ބުނެފައިވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްވުރެ ސަރުކާރަށް މުހިންމީ ވެރިކަމުގެ އާރާއި ބާރު ކަމަށެވެ.
https://twitter.com/AdamsaleemA/status/1236217320441176064
އެޗްޕީއޭއިން ވަނީ އާންމުން ގިނައިން އެއްތަނަކަށް އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރުފަތުރު ކުރުމުގައިވެސް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
އިދިކޮޅު ޕީޕީއެމް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން ވަނީ އިންތިހާބުުގެ ކެމްޕެއިން ހަރަކާތްތައް މަޑު ޖައްސާލާފައި އެވެ. އެކަމަކު ސަރުކާރުން ރޭ ބުނީ ރާއްޖެ މިއޮތީ އިންތިހާބުު ފަސް ކުރަންޖެހޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.
އެކަމަކު އެ ހާލަތު ކޮރޯނާ ވައިރަސްއަށް މީހަކު ޕޮސިޓިވް ވެއްޖެ ނަމަ ބަދަލު ވާނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް