އަންހެނުންގެ ދުވަހު އަންހެނުންނަށް ހާއްސަ ހަދިޔާއެއް ދެވިދާނެ

މާދަމައަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ކަމުގައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އަދި މި ދިވެހި ރާއްޖޭގައިވެސް މި ދުވަސް ފާހަގަ ކުރާނެއެވެ. ފާހަގަ ނުކުރާންވީ ސަބަބެއް ނެތެވެ. އާއިލާއަ...

07 Mar 2020 | 09:12

މާދަމައަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ކަމުގައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އަދި މި ދިވެހި ރާއްޖޭގައިވެސް މި ދުވަސް ފާހަގަ ކުރާނެއެވެ.

ފާހަގަ ނުކުރާންވީ ސަބަބެއް ނެތެވެ. އާއިލާއަކަށް ބަލައިފިނަމަ އެއީ އޯގާތެރި މަންމައިންނެވެ. އެއީ އެކުވެރި، ގާތް ދައްތަ އަދި ކޮއްކޮ މެންނެވެ. އެއީ ހިތްވަރުގަދަ ލޯބިވާ އަނބިމީހާއެވެ. މުޖްތައަށް ބަލާލިޔަސް، ގައުމަށް ބަލާލިޔަސް އަންހެނުންގެ ހިއްސާ ވަރަށް ބޮޑެވެ.

ކޮންމެ އަހަރެއްގެވެސް މާރިޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނައިރު ތިބާއަށްވެސް މި ދުވަސް ފާހަގަ ކޮށް، މަންމަ، ދައްތަ، ކޮއްކޮ، އަދި އަނބިމީހާގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮށްލެވިދާނެ ވަރަށްވެސް ކުޑަ އަދި އެހާމެ ފަސޭހަ ކަމެއް އެބައޮތެވެ. އެއީ ކޮންމެވެސް ހަދިޔާއެއް ދިނުމެވެ.

ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ޕޮއިޒް ޕާފިއުމްސް އިން މިވަނީ މި ހާއްސަ ދުވަހަށް ހާއްސަ ޕެކޭޖެއް ތައްޔާރުކޮށްފައެވެ. ރީތިވުމަށް ބޭނުންވާ ސާމާނުތައް ހިމަނައިގެން ރީތި އަގުހުރި ޕެކޭޖެއް، ވަގުތުން ހަދިޔާ ކޮށްލެވޭ ފަދަ ގޮތަކަށް މިވަނީ ތައްޔާރުކޮށްދީފައެވެ.

ދުވަހުގެ ކިޔުންތެރިންނަށްވެސް ޕޮއިޒް ޕާފިއުމްސްގެ ފަރާތުން އުފާވެރި ހަބަރެއް އެބަ އޮތެވެ. އެއީ މި އާޓިކަލް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން މީގެ ޕެކެއް ހިލޭ ލިބުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް