ސަމަރ އައިލެންޑް ރިސޯޓްގެ ޑަކުޓަރުވެސް އެކަހެރިކުރަނީ

ސަމަރ އައިލެންޑް ރިސޯޓުން، ކޯވިޑް-19 އަށް ޝައްކު ކުރެވޭ ދެ ފަތުރުވެރިއަކު ފެނިގެން އެ ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އެ ރިސޯޓުން އެ ދެ ގެސްޓުންގެ އިތުރުން މުވައްޒަފަކުވެސް ކަ...

07 Mar 2020 | 06:53

ސަމަރ އައިލެންޑް ރިސޯޓުން، ކޯވިޑް-19 އަށް ޝައްކު ކުރެވޭ ދެ ފަތުރުވެރިއަކު ފެނިގެން އެ ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އެ ރިސޯޓުން އެ ދެ ގެސްޓުންގެ އިތުރުން މުވައްޒަފަކުވެސް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށް އެ ރިސޯޓުން ބުނެފިއެވެ.

އެގޮތުން އެ ރިސޯޓުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ދެ ފަތުރުވެރިންނަކީ ފްރާންސަށް ނިސްބަތްވާ ދެ ފަތުރުވެރިން ކަމަށާއި އެ ދެ ފަތުރުވެރިން ހުން ގަދަވެގެން، މިދިޔަ ބުރާސްފަތި ދުވަހު އެ ރިސޯޓްގެ ޑަކުޓަރަށް ދެއްކި ކަމަށެވެ. އަދި އެކަން އެ ރިސޯޓުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ އަށް އެންގި ކަމަށް ބުނެފައިވެއެއެވެ.

"އިއްޔެރޭ 10:00 ހާއިރު ޑަކުޓަރު ކެއްސާ ނޭވާ ކުރުވާތީ ޑަކުޓަރު އުޅޭ ރޫމުގައި ވާނީ ބަހައްޓާފައި، އަދި އެކަންވެސް ވާނީ އެޗްޕީއޭއަށް އަންގާފައި" ސަމަރ އައިލެންޑް ރިސޯޓުން ބުނެފައިވެއެއެވެ.

އެ ރިސޯތުން ބުނެފައިވަނީ ރިސޯޓުގެ އިތުރު ތިން މުވައްޒަފަކުވެސް ކުޑަކޮށް ކެއްސާތީ އެމީހުން ރޫމުގައި މަޑުކުރަން މިހާރު އަންގާފައިވާނެ ކަމަށާއި އެގޮތަށް އެންގީ އެޗްޕީއޭގެ އިރުސާދުގެ ދަށުން ކަމަށެވެ.

އިތުރަށް ބުނެފައިވާގޮތުގައި އެ ދެ ފަތުރުވެރިން ރާއްޖެ އައީ ފެބްރުއަރީ 25ގައެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި އެ ރިސޯޓުން ކަރަންޓީނުކުރާ ފަރާތްތަކުގެ ޓެސްޓް ނަތީޖާ ލިބެންދެން ވަގުތީ ގޮތުން އެ ރިސޯޓަށް އަރާ ފޭބުން ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް