ކޯވިޑަށް ޝައްކު ކުރެވޭ ދެ ފަތުރުވެރިއަކު ފެނުމުން ސަމާ އައިލެންޑް ރިސޯޓް "ލޮކްޑައުން" ކޮށްފި

ކޯވިޑް-19 (ކޮރޯނާ ވައިރަސް) އަށް ޝައްކު ކުރެވޭ ދެ ފަތުރުވެރިއަކު ސަމާ އައިލެންޑް ރިސޯޓުން ފެނުމުން އެ ރިސޯޓަށް އަރާފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮ...

07 Mar 2020 | 05:50

ކޯވިޑް-19 (ކޮރޯނާ ވައިރަސް) އަށް ޝައްކު ކުރެވޭ ދެ ފަތުރުވެރިއަކު ސަމާ އައިލެންޑް ރިސޯޓުން ފެނުމުން އެ ރިސޯޓަށް އަރާފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަދާކަމަށެވެ.

"އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން މިވަނީ ވަގުތީ ގޮތުން ހުއްޓާލާފަ. މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދެވޭނެ" އެ ޓްވީޓްގައި ބުނެފައިވެއެވެ.

https://twitter.com/HPA_MV/status/1236163857812357120

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް