ހިންދީ ފިލްމީ ބަތޮލާޔަކު، އޮރިޔާން ކާޑު ކުޅެގެން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ހިންދީ އަދި ތެލުގޫ ބައެއް ފިލްމުތައް ކުޅެފައިވާ އަދި ބައެއް ވެބް ސީރީޒްތަކާއި އިސްތިހާރުތައް ކުޅެފައިވާ ޖީހާނާ ވަސިސްތެވެ.
އޭނާ އިއްޔެގެ ވަގުތެއްގައި ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު މިއަދުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އަދި މާދަމާގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޖީހާނާ ހައްޔަރުކޮށްފައިވާއިރު، ބައެއް މަސްދަރުތައް ބުނާގޮތުގައި އޭނާ ވަނީ އޮރިޔާން ކާޑަށް ހާއްސަ ވެބްސައިޓަކަށް އޭނާ ކުޅެފައިވާ އެތައް ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ.
އޮރިޔާން ކާޑު ކުޅެގެން ޖީހާނާ ހައްޔަރުކޮށްފައިވާއިރު، މިދިޔަ އަހަރު ހާޓު އެޓޭކެއް ޖެހިގެން ޖީހާނާ އެޑްމިޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް