ރާއްޖޭގައި ގާތްގަނޑަކަށް10،000 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.
އެޗްޕއޭއިން ބުނީ މިއަދު ކޯވިޑް ވެކްސިން 2،898 މީހުންނަށް ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 2،375 މީހުންނަށް މާލޭގައި ވެކްސިން ދީފައިވާއިރު 523 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތެރޭގައި އެވެ.
މިިހާތަނަށް ރާއްޖެއިން ވެކްސިން ދީފައިވަނީ 9،752 މީހުންނަށެވެ.
މާލޭގައި މިހާތަނަށް ވެކްސިން ދީފައިވަނީ 7،963 މީހުންނަށެވެ. އަދި އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 1،789 މީހުންނަށެވެ.
މިހާރު މާލޭގައި ކޯވިޑް-19 ވެކްސިން ދެމުންދަނީ ހަ ސެންޓަރެއްގައި އެވެ. އަދި އަތޮޅު ތެރޭގައި14 ސެންޓަރެއްގައި ދަނީ ކޯވިޑް-19 ވެކްސިން ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް