ރާއްޖެއިން އިތުރު 127 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 92 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން 15 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 13 މީހުންނާއި ރިސޯޓު ތަރައްގީއަށް ކުރާ ރަށްތަކުން ހަތް މީހުންނެވެ.
މިއަދު ޓެސްޓުކޮށްފައިވަނީ 3،151 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،117 މީހުންނަށެވެ. އޭގެ ތެރެއިން 207 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 14،604 މީހުން ވަނީ ރަނގަޅުވެފައި އެވެ.
ބަލިޖެހުނު މީހުންގެ ތެރެއިން މިއަދު ވަނީ 60 އަހަރުގެ އަންހެނަކު މަރުވެފައި އެވެ. މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައީޔޫގައި އެވެ.
މިއާއި އެކު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 55 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 16،783 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް