ކައުންސިލް އިންތިހާބުގައި ދެ ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓާނެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރުގައި ވޯ...

07 Feb 2021 | 16:56

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރުގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގައި ކުރިން ހަމަ ޖައްސާފައި އޮތް ގޮތުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށީ ބަހައްޓާނީ އެމްބަސީ ނުވަތަ ކޮންސިއުލޭޓް ހުންނަ ގައުމުތަކުގައި މަދުވެގެން 150 މީހުން ރެޖިސްޓްރީ ކުރުމުންނެވެ. އެ އުސޫލު އިންތިހާބު ފަސްކޮށް އާ ތާރީހު އިއުލާނު ކުރި ފަހުން އަދި ބަދަލެއް ނުކުރެ އެވެ.

އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ ލަންޑަނާއި ކުއާލަލަންޕޫރުގައި އިންތިހާބު ބާއްވާ ދުވަހު ވޯޓު ފޮށި ބެހެއްޓުމުގެ ހުއްދަ ނުލިބޭނެ ކަން ޔަގީންވެފައި ވާކަމަށެވެ. މިހާރު އިންތިހާބު ބާއްވަން އީސީން ހަމަޖައްސާފައިވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.

އިނގިރޭސިވިލާތާއި މެލޭޝިއާ މިހާރު އޮތީ ކޯވިޑް-19 ގެ ކޭސްތައް އިތުރުވެ އަލުން ލޮކްޑައުންކޮށްފައި އެވެ.

އެ ދެ ގައުމުގައި ވޯޓު ފޮށި ނުބަހައްޓާއިރު އެއީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ ދެ ގައުމެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި އެ ދެ ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ވޯޓު ލުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް