ނަޝީދުގެ ހިތްދަތި ހަނދާންތަކުގެ ޅެމަށް ޝިޔާމްގެ ރައްދުވެސް ޅެމަކުން!

މީގެ ހަތް އަހަރު ކުރިން ފެބްރުއަރީ ހަތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެެރިކަމުން އިސްތިއުފާދެވަން ޖެހިވަޑައިގެންނެވި ހިތްދަތި ހަނދާންތައް އާ ކުރައްވާ ލިޔުއްވި ޅެމަށް ނައިފަރު ދާއިރާގެ މެމްބަރ...

07 Feb 2021 | 11:55

މީގެ ހަތް އަހަރު ކުރިން ފެބްރުއަރީ ހަތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެެރިކަމުން އިސްތިއުފާދެވަން ޖެހިވަޑައިގެންނެވި ހިތްދަތި ހަނދާންތައް އާ ކުރައްވާ ލިޔުއްވި ޅެމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ޅެމަކުން ރައްދު ދެއްވައިފި އެވެ.

ނަޝީދުގެ ޓުވީޓުގައި ލިޔުއްވާފައިވާ ޅެމުގައި ވިދާޅުވެފައިވަނީ އެ ދުވަހުގެ ހަނދާންތަކަކީ ހިތުން ފިލުވާލެވޭނެ ތަދެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަދާއި ހަމައަށް މިހާލަތު ގެނެސްފައި އޮތުމަކީ ކުޑަ ކުށެއް ނޫން ކަމަށެވެ.

މި ޅެމަށް ރައްދު ދެއްވައި ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެ ވާހަކަތަކުން ފިތުނަ އުފަައްދައި މުޅި ގައުމުގައި އަލިފާން ރޯކުރީ ކަމަށެވެ. ޝިޔާމް ވިދާޅުވީ އޭގެ ފަހުން ފެށި ނުރައްކާތެރި މަސައްކަތްތަކެއް ކަމަށާއި އީޔޫ ފަދަ ޖަމިއްޔާތަކުގެ ފިއްތުންތައް ގައުމަށް ކުރިމަތި ކުރުވާ ރާއްޖެ ބޯއިކޮޓް ކުރަން ނަޝީދު އިސްވެ ހުންނަވާ ގޮވާލެއްވި ކަމަށެވެ.

ޝިޔާމްގެ ޅެމުގައި އިތުރަށް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިންނަށް ލިބެންޖެހޭ މަހުގެ ހަމަ އަގު ނުލިބި މާޔޫސްވާން ޖެހުނީ ކަމަށެވެ. އަދި ފަތުރުވެރިން ހީނަރުވެ ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެފައިވެ އެވެ.

"ބަޣާވާތެއް ކަމަށް ބުނެ ކުރީ ބޯއިކޮޓް މިގައުމު، ނަގާ އީޔޫ ގެ ހާއްސަވި ގިންތިން މިި ގައުމު" ޝިޔާމް ޅެމުގައި ލިޔުއްވާފައިވެ އެވެ. އަދި "މަހުގެ ހަމަ އަގު ގެއްލި މާޔޫސްވީ ރައްޔިތުން، ފަތުރުވެރިކަންވެ ހީނަރު، ބިކަވެދިޔައީ ރައްޔިތުން"، ޝިޔާމްގެ ޅެމުގައިވެ އެވެ.

https://twitter.com/Shiyamaldives/status/1358315443891568642

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް