ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އިއުލާނުގައި ވަނީ، ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިންނަށް ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން މިކުރަމުން ދާ ކަމަށެވެ.
މި ވެކްސިން ދެވޭނީ އެން.ސީ.އޭ ގައި ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަންނާނުންގެ ތެރެއިން ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިންނަށްކަމަށް ވެސް އެން.ސީ.އޭ އިއުލާނުގައި ވެއެވެ.
އެހެންކަމުން ފަންނުވެރީންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައިނުވާ ފަންނުވެރީން ވީ އެންމެ އަވަސް ފުރުޞަތެއްގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެން.ސީ.އޭ އިން އެދެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް އެޗް.ޕީ.އޭ އިން ޤާއިމްކޮށްފައިވާ ޕޯޓަލް https://my.health.mv ގައި ރަޖިސްޓްރީވުމަށް ވެސް އެން.ސީއޭ އިން އެދިފައެވެ.
އެން.ސީ.އޭ އިން ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަސައްކަަތް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހިފައި ވާ ކަމަށް އެން.ސީ.އޭ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް