ކޮވިޑަށްވުރެ ނުރައްކާތެރި ޑްރަގްގެ ވާހަކަ ދައްކާނެ މީހެއް ނެތް

ކޯވިޑްގެ ހާލަތު ބޮޑުވެ ޕެންޑެމިގް ގެ މި ހާލަތުގައި ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް ވެކްސިން އުފައްދައި އެކަމުން ސަލާމަތްވުމަށް ނުހަނު ހަލުވި ފިޔަވަޅުތަކެއް ވަނި އަޅަން ފަށާފައެވެ. ރާއްޖޭގައިވެސް ސި...

07 Feb 2021 | 11:19

ކޯވިޑްގެ ހާލަތު ބޮޑުވެ ޕެންޑެމިގް ގެ މި ހާލަތުގައި ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް ވެކްސިން އުފައްދައި އެކަމުން ސަލާމަތްވުމަށް ނުހަނު ހަލުވި ފިޔަވަޅުތަކެއް ވަނި އަޅަން ފަށާފައެވެ. ރާއްޖޭގައިވެސް ސިއްހީ ދާއިރާއިން ފެށިގެން އާންމުންނާ ހަމައަށް ވެކްސިން ޖަހަން ފެށިފައިވާ އިރުގައި ދިރާސާތަކުން ދައްކަނީ ކޯވިޑް އަށްވުރެން މަސްތުވާތަކެތީގެ ނުރައްކާތެރިކަން މާ ބޮޑު ކަމުގައެވެ.

ކަން މިހެން އޮތް އިރުވެސް މަސްތުވާތަކެތީގައި ޖެހި މަގުމަތިވާ އަދި އެކަމުގަ އޯވާ ޑޮޒްވުމާއި އަދި ޑިޕްރެޝަންއަށް ގޮސް އަމިއްލައަށް މަރުވާ މީހުންގެ ވާހަކަ ދެކެވޭލެއް ވަރަށްވެސް މަދެވެ. އެއީ އާންމު ވިޔަފާރިތަކަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަކަށް ވާތީ ކަމަށްވެސް ވެދާނެއެވެ.

ފަހަރުގައި ކޯވިޑް އާއި  މަސްތުވާ އެއްޗެހި އަޅާ ނުކިޔޭނެ ކަމަށްވެސް މީހުން ދެކެފާނެއެވެ. ދިއްލީގެ ނޭޝަނަލް ޑްރަގް ޑިޕެންޑެންޓް ސެންޓަރ ގެ ރިޕޯޓްތަކުން ދައްކާގޮތުގައި 63 ލައްކަ މީހުން ވަނީ ހެރޮއިންއަށް އެޑިކްޓްވެފައެވެ. އަދި 25 ލައްކަ މީހުން އޮޕިއޮއިޑްސް ނަގާއިރު 50 ލައްކަ މީހުން ކެނެބިސް އަށް އެޑިކްޓްވެފައިވާ ކަމަށެވެ. އަދި 40 ލައްކަ މީހުން އެހެނިހެން ތަކެތި މަސްތުވުމަށް ބޭނުންކުރާކަމަށެވެ.

އަދި ރަލުގެ ވާހަކަ އޮތީއެވެ. މި ރިޕޯޓްތަކުން ދައްކާގޮތުގައި 5.7 ކުރޯޑް މީހުން ރަލުގެ ތަފާތު ބާވަތްތައް ބޭނުންކުރަމުން ދާއިރުގައި 2.9 ކުރޯޑް މީހުންނަކީ އެއާ ނުލާ އެންމެ ދުވަހެއްވެސް ހޭދަ ނުކުރެވޭ މީހުންނެވެ. ނަމަވެސް މި ނަންބަރުތައް ޙަޤީޤަތުގައި މިއަށްވުރެންވެސް މަތި ވާނެ ކަން ޔަޤީނެވެ.

ކޯވިޑް އަށް މި ދޭ ސަމާލުކަން ދީގެން ޑްރަގްގެ ވަބާގައި ޖެހިގެން މުޖުތަމަޢުން ގެއްލިގެން މިދާ ކޮންމެ ޒުވާނެއް އަނބުރާ ގެންނަން މަސައްކަތް ކުރެވިގެން ނޫނީ މިކަމަށް ހައްލެއް ލިބެން ނެތެވެ. އެހެން ނަމަވެސް ސުވާލަކީ އެވަރަށް އެ މަސައްކަތް ކުރެވޭ ހެއްޔެވެ. ނުވަތަ ކުރެވޭނެ ބާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް