ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
އިސްލާކިމް މިިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސ ހިސާބު ހުށަހެޅުމަށް ރެޖިސްޓްރީކޮށް މައުލޫމާތު ސާފު ކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި އިއުލާނާއި ގުޅޭ ހުރިހާ ލިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަދި ބީލަމުގައި ބައިވެރިވާން ބޭނުުންވާ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީ ކުރަން ޖެހެ އެވެ.
އީމެއިލް ކުރަން ޖެހެނީ [email protected] އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމާއި އެކު އެޗްޑީސީން ދަނީ ދެވަނަ ފިޔަވަހީގައި އާންމުން ދިރިއުޅުމުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް ފުރިހަމަ ކޮށްދިނުމުގެ މަސައްކަތްފަށާފައި އެވެ. އެގޮތުން ދެވަނަ ފިޔަވައްސާއި ގުޅުމާލޭ ފުރަތަމަ ފިޔަވަހި ގުޅުވައިދޭ ގޮތަށް ހަދާފައިވާ ހަތަރު ބްރިޖުގެ ތެރެއިން އެއް ބްރިޖު ވަނީ ުހުޅުވާލާފައި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެ ވަނަ ފިޔަވަހީގައި ދެ ސްކޫލް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި އެވެ. އަި އެޗްޑީސީން ވަނީ ބަސް ސްޓޮޕްތަކެއް އަޅައިދޭނެ ބަޔަކު ހޯދަންވެސް އިއުލާނުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް