" ފާތިމަތު އުޅޭހެން އުޅެބަލަ "

ފާތިމަތު ހުސެއިން ކޮވިޑްގެ ތެރޭގައި ގިރާކުރި ހަރުފަތްތައް ހިއްސާކުރަމުން ޑރ. މުހައްމަދު އަލީ ބުނެފައި ވަނީ "ބީ ލައިކް ފާތިމަތު" މިހެންނެވެ. ފާތިމަތު ހުސެއިން މި ވަނީ ކޮވިޑް19 ގެ ދިފާއު ވެކްސިން ޖަހާފަ...

07 Feb 2021 | 09:53

ފާތިމަތު ހުސެއިން ކޮވިޑްގެ ތެރޭގައި ގިރާކުރި ހަރުފަތްތައް ހިއްސާކުރަމުން ޑރ. މުހައްމަދު އަލީ ބުނެފައި ވަނީ "ބީ ލައިކް ފާތިމަތު" މިހެންނެވެ.

ފާތިމަތު ހުސެއިން މި ވަނީ ކޮވިޑް19 ގެ ދިފާއު ވެކްސިން ޖަހާފައެވެ. ނަމަވެސް ފާތިމަތު ވެކްސިން ދިނުމުގެ ކުރިން އޭނާއަށް ކޮވިޑް ޖެހި، ރަނގަޅުވެފައި ވެއެވެ.

އެގޮތުން 2020 ސެޕްޓެމްބަރ 1 ވަނަ ދުވަހު ފާތިމަތަށް ކޮވިޑް ޖެހުނެވެ. އަދިި ފާތިމަތު ވަނީ އައިސީޔޫ އަށް ވެސް ލާފައެވެ. ނަމަވެސް ހަމަ އެމަހުގެ 28 ވަނަ ދުވަހު ފާތިމަތު ވަނީ އައިސީޔޫ އިން ދޫކޮށްލާފައެވެ. ނަމަވެސް ފާތިމަތަށް ގެއަށް ދެވުނީ 12 އޮކްޓޯބަރގައެވެ.

އުމުރުން 65 އަހަރުން މަތީގެ ފާތިމަތަކީ ހަކުރު ބަލި އަދި ލޭމަތިވުން ވެސް ހުންނަ ފަރާތެކެވެ. ނަމަވެސް ފާތިމަތު ވަނީ އިއްްޔެ ކޮވިޑް ވެކްސިން ޖަހާފައެވެ.

އެހެންކަމުން ޑރ. މުހައްމަދު އަލީ ބުނެފައި ވަނީ ފާތިމަތު އުޅޭހެން އުޅެބަލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް