ގައުމީ އެއާލައިން މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ ޑާކާ ދަތުރުތަކުގެ ޓިކެޓު އޮންލައިންކޮށް މިހާރު ގަނެވޭނެ ކަމަށެވެ. އަދި ވައިބާ އާއި ކޯލް ސެންޓަރު މެދުވެރިކޮށް ޓިކެޓު ބުކް ކުރުމާއި އިތުރު މައުލޫމާތު ހޯދޭނެ ކަމަށެވެ.
މޯލްޑިވިއަން އިން ޑާކާއަށް ކުރިން ދަތުރު ކުރަމުން އައީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ހުކުރު ދުވަހު އެވެ. މިހާރު ގެނައި ބަދަލާއި އެކު ކޮންމެ ހަފްތާއަކު އާދިއްތަ ދުވަހުވެސް ޑާކާ ދަތުރު އޮންނާނެ އެވެ.
ފެއާގައި ޑާކާ އެއްކޮޅު ދަތުރުގެ ޓިކެޓުގެ އަގު އުޅެނީ 6،600 ރުފިޔާ އަށެވެ.
މޯލްޑިވިއަންގެ ޑާކާ ޝެޑިއުލް ދަތުރުތައް މެދުކަނޑާލީ ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދު ކުރަން ފެށުމުންނެވެ. ޝެޑިއުލް ދަތުރުތައް ނުކުރި ނަމަވެސް މޯލްޑިވިއަންއިން ވަނީ އެ މުއްދަތުގެ ތެރޭގައި ޗާޓާޑް ދަތުރުތަކެއް ކޮށްފައި އެވެ.
މޯލްޑިވިއަން އިން މިދިޔަ މަހު ވަނީ އިންޑިއާގެ ކޮޗިންއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފަައި އެވެ. ކޯވިޑާއި ގުޅިގެން މެދުކަނޑާލި މޯލްޑިވިއަންގެ ބައިނަލް އަގުވާމީ ދަތުރުތަކުގެ ތެރެއިން މިހާރު ނުފަށަނީ ޗައިނާގެ އެކި ސިޓީތަކަށް ކުރަމުން އައި ދަތުރުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް