މި ވަގުތު މަގުމައްޗަށް މީހުން ނެރުނީމާ ކޭސްތައްް އިތުރުވެގެން ވާނެ ގޮތް ވިސްނިވަޑައިނުގަންނަވަނީތޯ އައްސަވައި ޔުމްނާ މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޔުމްނީ މިހެން ވިދާޅުވީ، " އެޗްޕީއޭ މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ކުރަމުންދާ ދުއްތުރާތަކާ، އަނިޔާ ހުއްޓުވޭނީ ރައްޔިތުން މަގުތަކަށް ނިކުމެގެން" ކަމަށް ބުނެ އަހުމަދު ސިއްދީޤް ކޮށްފައިވާ ޓްވީޓަކަށް އަމާޒުކޮށެވެ.
" އާ ވޭރިއަންޓެއްގެ ވާހަކަ އަޑުނާއްސަވަންތޯ؟ އެހެން ޤައުމުތަކުގައި ވަމުން ދާ ގޮތް ފެނިވަޑައި ނުގަންނަވާތޯ؟ ސިއްޙީ މާހިރުންގެ ވާހަކަތައް އަޑުއައްސަވާ." ޔުމްނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
ދިކޮޅު ޕީޕީއެމް، ޕީއެންސީން މާލޭގައި މި ފަހަކަށް އަހިސް މުޒާހަރާ ކުރަމުންދެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ މުޒާހަރާ ކޮށްފައި ވާއިރު، ކޮވިޑް ވެކްސިންގެ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް ގޮވާލާ ވެސް މުޒާހަރާ ކޮއްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް