ބީއެމްއެލް ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖަހަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖަހަން ފަށައިފިއެވެ. ރާއްޖޭގެ އެކި ކުންފުނިތަކުގެ މުވައްޒަފުން ވެކްސިން ޖަހަން ފަށާފައި ވާއިރު، މި މަހުގެ 5 ވަނަ ދުވަހު...

07 Feb 2021 | 08:45

ބޭންކް އޮފް މޯލްޑިވްސްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖަހަން ފަށައިފިއެވެ.

ރާއްޖޭގެ އެކި ކުންފުނިތަކުގެ މުވައްޒަފުން ވެކްސިން ޖަހަން ފަށާފައި ވާއިރު، މި މަހުގެ 5 ވަނަ ދުވަހު އޭވިއޭޝަން ކޮމާންޑުގެ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދޭން ފެށާފައި ވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވެކްސިން ދިނުމުގައި ސިއްހީ ދާއިރާ އާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ވެކްސިން ދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ބަލީގެ ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރާ އެއާޕޯޓުތަކުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިމެނެ އެވެ.

އޭވިއޭޝަން ކޮމާންޑުގެ އިތުރުން މޯލްޑިވިއަންގެ ފްރޮންޓް ލައިން މުވައްޒަފުންނާއި ސްކޫލްތަކުގެ ޓީޗަރުންނަށްވެސް ކޯވިޑް ވެކްސިން ދޭން ވަނީ ފަށާފައި އެވެ. އަދި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ވަނީ ފަށާފައި އެވެ.

މީގެ އިތުރުން މާލޭ ގައި ވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދީފައެވެ.

ރާއްޖޭގައި ދެމުން ދަނީ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންނަކީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް