ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަގެ ފުރަތަމަ ބެޗް ނިންމާލައިފި

ޒޫމް މެދުވެރިކޮށް ހިންގާ ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ. 05 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 14 ޖަނަވަރީ 2021 ވަނަ ދުވަހުގެ ނިޔަލަށް ކި...

07 Feb 2021 | 08:27

ޒޫމް މެދުވެރިކޮށް ހިންގާ ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ. 05 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 14 ޖަނަވަރީ 2021 ވަނަ ދުވަހުގެ ނިޔަލަށް ކިޔެވުން ކުރިއަށް ގެންގޮސްފައިވާ މި ބެޗުގައި ޖުމްލަ 16 ބައިވެރިން ހިމެނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރެއްކަމުގައިވާ، ބަނޑޮސް އައިލެންޑް ރިސޯޓް ގެ އިމާމް މުޙައްމަދު ޢާރިފް ވިދާޅުވިގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން އާ މަޢުލޫމާތު ތަކެއް ލިބިގެން ދިޔައެވެ. މިގޮތުން ޚުޠުބާ ކިޔަންވީ ޤަވާޢިދުތަކާއި، ރާގު ހިފަހައްޓަން ޖެހޭ ގޮތުގެ އިތުރުން ފިޤުޙީ އިތުރު މަޢުލޫމާތުތަކެއްވެސް ލިބިގެންދިއެވެ.

" މިއީ ވަރަށް ރަނގަޅު ޕްރޮގްރާމެއް. ވަރަށް ކުރު މުއްދަަތެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަން ޙާސިލްވެގެން ހިނގައްޖެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ރިސޯޓްތަކަށް ވަކިން ހުކުރުކުރަން އިމާމުން ނުގެނެސް އަޅުގަނޑުމެންފަދަ މުވައްޒަފުންނަށް މިކަން ކުރެވޭނެ ގޮތް ހަމެޖެހޭނެތީ" މުޙައްމަދު ޢާރިފް ވިދާޅުވިއެވެ. " މިއީ ވަރަށް ރަނގަޅު ޕްރޮގްރާމެއް. މި ޕްރޮގާމް ވަރަށް ފުރިހަމައަށް ގެންގޮސްފައިވަނީ. މިކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްދެއްވި ހުރިހައި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" މި ޕްރޮގްރާމްގެ އިތުރު ބައިވެރިއެއްކަމުގައިވާ ޝެރެޓަން މޯލްޑިވްސްގެ އިމާމު އަޙްމަދު ހަސަން މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ރިސޯޓުތަކުގައި އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން މިހާރު ކުރިއަށް އެބަ ދެއެވެ. މި ބެޗުތަކުގެ ކިޔެވުން ފަށާފައިވަނީ 01 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ. މިއިން ކޮންމެ ބެޗެއްގައި 25 ބައިވެރިން ހިމެނޭއިރު މި ދެ ބެޗުގެ ކިޔެވުންވެސް ނިމޭނީ 15 ފެބުރުވަރީ 2021 ވަނަ ދުވަހުއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު މިނިސްޓރްީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ކޯހުގައި ބައިވެރި ކުރަން ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ނަން ހުށައަޅާ ފަރާތްތަކެވެ.

ދިވެހި ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުއްނަތް ނަމާދު ކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގާ މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކުރާ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަނދާނީ ލިޔުން ޙާޞިލުކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް ވަގުތީ ގޮތުން މުދިމްކަން ކުރުމާއި ހުކުރު ކުރުމުގެ ހުއްދައެއް މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާނެ އެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ މިނިސްޓްރީ އޮފް އިސްްލާމިކް އެފެއާޒުގެ ވާޢިޘުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ، ކަމަށް ޤާބިލު ޢިލްމުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް