ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު އަވަހާރަވުމާ ގުޅިގެން ޕީޕީއެމް އިން އެމަނިކުފާނަށާއި ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފިއެވެ.
https://twitter.com/ProgressPartyMV/status/1358316081690013698
ޕީޕީއެމްގެ ތައުޒިޔާގެ މެސެޖުގައި ވަނީ، ޑރ. ވަދީހުގެ ބައްޕާފުޅު އަހަވާރަވި އަޑުއެހީ ފުން ހިތާމަޔާ އެކުގައި ކަމަށާއި ރައީސް ޔާމީން އާއި ޕީޕީއެމް ކޯލިޝަންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމުގައެވެ.
ޑރ. ވަހީދުގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. އެމަނިކުފާނު ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ މާގިނަ ދުވަހު ބަލިވެ އުޅުއްވާފައި ނޫން ކަމަށާއި އަވަހާރަވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ ފަސް ދުވަސް ފަހުން ކަމަށް ވަހީދު ބުނެފައި ވެއެވެ.
އަވަހާރަވިއިރު ހަސަން މަނިކުގެ އުމުރުފުޅަކީ 92 އަހަރެވެ.
ޑރ. ވަހީދު ވިދާޅުވީ ބައްޕާފުޅަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަޒީފާ އަދާ ކުރެއްވި އިރު ވަރަށް އިތުބާރު ކުރެއްވި ބޭފުޅެއް ކަމަށެވެ. ބައްޕާފުޅު ދިވެހި ދައުލަތަށް 50 އަހަރާއި ގާތަށް ހިދުމަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.
އަދި ބައްޕާފުޅަކީ ހެޔޮލަފާ ރަނގަޅު ބައްޕައެއް، ކާފައެއް އަދި މުނިކާފައެއް ކަމަށް ޑރ. ވަހީދު ވިދާޅުވެފައިވެ އެވެ.
ހަސަން އިބްރާހިމްގެ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް