ކުރީގެ ރައީސް ޑރ. ވަހީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހެންވޭރު ހަސަން މަނިކު) އަވަހާރަ ވެއްޖެ އެވެ. ޑރ. ވަހީދުގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ...

07 Feb 2021 | 06:45

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހެންވޭރު ހަސަން މަނިކު) އަވަހާރަ ވެއްޖެ އެވެ.

ޑރ. ވަހީދުގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. މިކަން ޑރ. ވަހީދު ވަނީ ރަސްމީ ޓުވިޓާ އެކައުންޓުގައި ހާމަ ކުރައްވާފައި އެވެ.

އެމަނިކުފާނު ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ މާގިނަ ދުވަހު ބަލިވެ އުޅުއްވާފައި ނޫން ކަމަށެވެ. އަވަހާރަވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ ފަސް ދުވަސް ފަހުންނެވެ.

އަވަހާރަވިއިރު ހަސަން މަނިކުގެ އުމުރުފުޅަކީ 92 އަހަރެވެ.

ޑރ. ވަހީދު ވިދާޅުވީ ބައްޕާފުޅަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަޒީފާ އަދާ ކުރެއްވި އިރު ވަރަށް އިތުބާރު ކުރެއްވި ބޭފުޅެއް ކަމަށެވެ. ބައްޕާފުޅު ދިވެހި ދައުލަތަށް 50 އަހަރާއި ގާތަށް ހިދުމަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

އަދި ބައްޕާފުޅަކީ ހެޔޮލަފާ ރަނގަޅު ބައްޕައެއް، ކާފައެއް އަދި މުނިކާފައެއް ކަމަށް ޑރ. ވަހީދު ވިދާޅުވެފައިވެ އެވެ.

https://twitter.com/DrWaheedH/status/1358302843761954817

ހަސަން އިބްރާހިމްގެ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް