ދުބާއީގައި ގޮސް އުޅުނު ދިވެއްސަކު ކޯވިޑް ޖެހިގެން މަރުވެއްޖެ

ކޯވިޑް-19 ޖެހުނު ދިވެއްސަކު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި މަރުވެއްޖެ އެވެ. މަރުވެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ސީނިއާ ޓެކްނިކަލް އޮފިސަރުގެ ގޮތުގައި މަސައްކަތ...

07 Feb 2021 | 06:24

ކޯވިޑް-19 ޖެހުނު ދިވެއްސަކު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ސީނިއާ ޓެކްނިކަލް އޮފިސަރުގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 38 އަހަރުގެ އަބްދުﷲ އިޔާދު އަހުމަދު އެވެ.

އެޗްޑީސީން މިއަދު ބުނީީ ކޯވިޑް-19 ޖެހިގެން އިޔާދު ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އިޔާދަކީ އެޗްޑީސީގެ ޓީމުގައި ހިމެނޭ މުހިންމު ބައިވެރިއެއް ކަމަށް ވެސް އިޔާދުގެ ފޮޓޯއާ އެކު އެޗްޑީސީން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

އެޗުޑީސީގެ މުނިސިޕަލް ސާވިސަސްގައި މިހާރު މަސައްކަތްކުރާ އިޔާދު އެ ކުންފުންޏާ ގުޅުނީ މާޗު 19، 2017 ގަ އެވެ.

އޭނާ ދުބާއީއަށް ގޮސް އުޅެނީ އަމިއްލަ ދަތުރެއްގައި އެވެ.

ދުބާއީގައި މިދިއަ ހަފުތާގައި ވެސް ވަނީ ދިވެއްސަކު މަރުވެފަ އެވެ. އުމުރުން 52 އަހަރުގެ އިބްރާހިމް ހާމިދު، މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް