އައްޑޫ ސިޓީގައި އުފެދިފައިވާ ކޯވިޑް-19 ކްލަސްޓާއިން އިތުރު ދެ މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މިއާއި އެކު މި ކްލަސްޓާއިން ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާައި އެވެ. އަލަށް ޕޮސިޓިވްވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ދެމީހެކެވެ.
އެންމެ ފުރަތަމަ އެ ކްލަސްޓާއިން ޕޮސިޓިވްވީ ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ދެއްކި ދެ މީހެކެވެ. އޭގެ ފަހުން އިތުރު ދެ މީހަކު އައްޑޫ ސިޓީން ޕޮސިޓިވްވެފައިވެ އެވެ.
އަދި އެ ކްލަސްޓާ އާއި ގުޅުން ހުރި މީހަކު ވަނީ ގދ. ތިނަދޫއިންވެސް ޕޮސިޓިވްވެފައި އެވެ. މި ކްލަސްޓާ އުފެދުނީ މާލެއިން އެ ސިޓީއަށް ޓްރެއިނިންއެއް ކުރިޔަށް ގެންދިޔުމަށް ދިޔަ އޭވިއޭޝަން ކޮމާންޑުގެ އޮފިސަރުންތަކެއްގެ ފަރާތުން ކަމަށްވެ އެވެ.
އެކަމަކު އޭވިއޭޝަން ކޮމާންޑުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އޮފީހުން އައްޑޫއަށް ފޮނުވި ބޭފުޅުން އެ ސިޓީއަށް ދިޔައީ އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށެވެ.
މި ކްލަސްޓާ އާއި ގުޅިގެން އެ ޓްރެއިންގައި ބައިވެރިވި 47 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް