އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތް މެދުކަނޑާލައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އޯޕީޑީގެ ހިދުމަތް މެދުކަނޑާލީ އައްޑޫ ސިޓީގެ ކޯވިޑް-19 ގެ ހާލަތަށް ރިއާޔަތް ކޮށްކަމަށެވެ.
އެ ހިދުމަތް މެދުކަނޑާލީ ތިން ދުވަހަށެވެ. އެއީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ.
އެ ހޮސްޕިޓަލުން ބުނީ އޯޕީޑީގެ ހިދުމަތް މެދުކަނޑާލިޔަސް ހޮސްޕިޓަލުގެ އެމަޖެންސީ ހިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ.
https://twitter.com/aeh_mv/status/1358179870925180928
އައްޑޫގައި ކޯވިޑް ކްލަސްޓާއެއް އުފެދި މިހާތަނަށް ހަތް މީހަކު ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް