މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިއަށް ގެންދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021 ގައި އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅުވެ ލާމު ޔޫތް މޫވްމަންޓް މުބާރާތުގެ ކުއާޓާގެ ޖާގައެއް ޔަގީން ކުރިއިރު، އެގްރޫޕުގައި ހިމޭ ގަން ރީޖަނަލް ހޮސްޕިޓަލް ކުޅުނު ހަތަރު މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.
އިއްޔެ ހަވީރު ލާމު ޔޫތް މޫވްމަންޓް އަދި ގަން ރީޖަނަލް ހޮސްޕިޓަލް ބައްދަލުކުރި އިރު، މި މެޗު 3-18 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ލާމު ޔޫތް މޫވްމަންޓް އެވެ. މި މޮޅާއި އެކު އެޓީމަށް ވަނީ ކުއާޓާރ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ.
ގަން ރީޖަނަލް ހޮސްޕިޓަލް އިއްޔެ ކުޅުނީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗެވެ. ގަން ރީޖަނަލް ހޮސްޕިޓަލް ވަނީ އެޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.
އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ ދެ ޓީމެވެ. އެއީ ޓީމު ރަނި އަދި ތުނޑީ ރިވޮލިއުޝަން ޔޫތް އެވެ. މި މެޗު 5-15 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ތުނޑީ ރިވޮލިއުޝަން ޔޫތްއެވެ. މި މެޗުން ބަލިވުމާއި އެކު ޓީމް ރަނިއަށް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ. ނަމަވެސް އެޓީމަށް ގްރޫޕް ސްޓޭޖުގެ އެއް މެޗު އަދި ބާކީ އެބައޮތެވެ. މި މެޗުން މޮޅުވި ނަމަވެސް އެޓީމަށް މުބާރާތުގައި ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތެއް ނޯންނާނެއެވެ. ގްރޫ ސްޓޭޖުގެ ފަހު މެޗުގައި ޓީމު ރަނި ނިކުންނާނީ ކުރިގަމު ކަނބަލުންނާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް