2018 ވަނަ އަހަރުން ފެށިގެން ދުބާއީގައި ދިރިއުޅެމުންދާ ބްރިޓިޝްގެ އަންހެން މީހާ ޖަލަށް ލާފައިވަނީ އޭނާގެ ފްލެޓް މޭޓަކާ ހުތުރުބަހުން ވާހަކަދެއްކުމުން ކަމުގައި ރިޕޯޓްތަކުން ބުނެއެވެ.
އެގޮތުން އުމުރުން 31 އަހަރުގެ މި އަންހެން މީހާ ދުބާއީއަށް ދިރިއުޅުން ބަދަލުކުރީ 2018 ވަނަ އަހަރުގައެވެ. އަދި ދުބާއީން ވަޒީފާ އާ އުޅޭނެ ތަނެއްގެ ކަންތައް ރަނގަޅަށް ހަމަ ނުޖެހިގެން އުޅެނިކޮށް މިހެން ދިމާވުމުން އަންހެން މީހާވެސް ހުރީ ޝޮކެއްގައި ކަމުގައިވެއެވެ.
ވަޓްސް އެޕް މެދުވެރިކޮށް އަންހެން މީހާ އޭނާގެ ފްލެޓްމޭޓް އާ ދިމާއަށް ބުނެފައި ވަނީ "އެފް" ލަފުޒު ކަމުގައިވެސް ރިޕޯޓް ތަކުން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ލޮކްޑައުން ތެރޭގައި ގޭގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން އުކުރައިންގެ މީހެއްކަމުގައިވާ އޭނާގެ ފްލެޓްމޭޓް ގެ މޭޒު ބޭނުން ކުރުމަށް ދިޔަ ވަގުތުގައި ހިނގި ހަމަ ނުޖެހުމެއްގެ ތެރެއިން ބުނެފައިވާ ބަހެއް ކަމުގައި އަންހެންމީހާ މައުލޫމާތު ދެއެވެ.
އަދި އެވަރުގެ ކަމަކާ ޖަލަށްދާން ޖެހުމުން ހައިރާންވާކަމަށްވެސް އަންހެން މީހާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް